ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓް 25 ޑޮލަރަށް ކުޑަކުރަނީ

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓް 25 ޑޮލަރަށް ކުޑަކުރަން މަސައްކަތް ކުރާކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭންކުން މިފަދައިން ނިންމާފައިވަނީ ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާތީއެވެ. މި ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ނުވެއްޖެ ނަމަ ކާޑު ލިމިޓް މަހަކަށް 25 ޑޮލަރަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކާޑުގެ ޑޮލަރު ލިމިޓް ކުޑަކުރުމުން ރާއްޖޭގައި ބޭނުންކުރެވޭ ކާޑުތަކުގެ ޑޮލަރު ލިމިޓް 25 ޑޮލަރަށް ކުޑަވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭ މީހުންގެ ޑެބިޓް ކާޑުންނާއި ކްރެޓިޑް ކާޑުގެ ލިމިޓްވެސް 75 ޑޮލަރަށް ކުޑަވާނެއެވެ.

ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކަށް މަހެއްގެ މައްޗަށް މިހާރު މުއާމަލާތްކުރެވޭ ލިމިޓަކީ ޑެބިޓް ކާޑަށް 250 ޑޮލަރު އަދި ކްރެޑިޓް ކާޑަށް 750 ޑޮލަރެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މި އަހަރުގެ ތެރޭގައި ފިޔަވަޅު އެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވައުވުވެވަޑައިގެންފައިވާ ކަމެކެވެ. އެ މަސައްކަތް ކުރިއަށް ދާކަން ސަރުކާރުން ބުނެފައިވާއިރު، ޑޮލަރުގެ ތާށިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލް ކާޑު ލިމިޓް މި މަހު އެކަކުން ފެށިގެން ބޮޑުކުރުމަށް ނިންމި ނަމަވެސް އެކަން ވެފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ