މާލޭ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އާ މޭޔަރު ، ކުރީގެ އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް މާލޭ ސިޓީ މޭޔަރުކަމުގެ ހުވާ ކުރައްވައިފިއެވެ.
އާދަމް އާޒިމް އަށް މޭޔަރުކަމުގެ ހުވާލައިދެއްވާފައި ވަނީ މިކަމަށް ހާއްޞަކޮށް މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ދަރުބާރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.
މިރޭގެ މި ދަރުބާރުގައި މާލޭ ސިޓީކައުންސިލަށް އިންތިޙާބުވި، ކައުންސިލަރުންވެސް ވަނީ ހުވާ ކުރައްވާފައެވެ. މި ހުރިހާ ފަރާތްތަކަށް ވެސް ހުވާލައިދެއްވީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.
މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވެ ވަޑައިގެންފައި މިވަނީ މާލެ މޭޔަރުކަމުގައި ކުރިން ހުންނެވި މޭޔަރު އަދި މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤާމަށް އިންތިހާބުވެ ވަޑައިގެންނެވުމާއި ގުޅިގެން ބޭއްވުނު ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ.