ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ޚަބަރު ފަހުގެ

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން ހުޅުވާލައިފި އެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ވުޒާރާގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަފުތަރު އެކުލަވާލަނީ ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައިނުވާތީ އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތަކަށް އާމްދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މަސައްކަތެކެވެ. ރާއްޖޭގެ ޓެކްސީ ނިޒާމު، ދުނިޔޭގެ ތަރައްގީވެފައިވާ ޤައުމުތަކާއެއްގޮތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައިވެސް ވަނީ މަޝްވަރާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ