މަޖިލިސް އިންތިހާބުގައި ވާދަކުރަން އަދާލަތު ޕާޓީގެ 4 ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހަތަރު ބޭފުޅުންގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން:
* ވައިކަރަދޫ ދާއިރާ – ހުސައިން ސަގީފް
* މަކުނުދޫ ދާއިރާ – އިމްރާން އަބްދުﷲ (ކުރީގެ ހޯމް މިނިސްޓަރު)
* އިނގުރައިދޫ ދާއިރާ – އިސްމާއީލް އަލީ
* ފުނަދޫ ދާއިރާ – އިސްމާއީލް ހަމީދު

އިޝްތިހާރު
އިޝްތިހާރު

އަދާލަތު ޕާޓީން އެންމެ ފުރަތަމަ ނިންމާފައި އޮތީ ހަތަރު ދާއިރާއަކަށް ވާދަކުރުމަށެވެ. ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ފެލިދޫ ދާއިރާއެވެ. އެކަމަކު ފެލިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރި، ފުނަދޫ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެން ފަހުން ނިންމިއެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ވަނީ އެ ހުރިހާ ފޯމްތަކެއް ހުށަހަޅައިފައެވެ.

މިހާތަނަށް ބޭއްވި މަޖިލިސް އިންތިހާބުތަކުގައި އަދާލަތު ޕާޓީއަށް މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން މަޖިލިހުގެ ތާރީހުގައި ވެސް އެ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އެއީ 18 ވަނަ މަޖިލިހުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަނާރާ ނައީމްގެ ގޮނޑިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ