އަސްލަމާއި ސަލީމް ވަކިކުރުމުގެ މައްސަލަ އަނބުރާ ގެންގޮސްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ނިންމުމާ ގުޅިގެން މަޖިލީހުގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު، އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން 23 މެންބަރުންގެ ސޮޔާ އެކު ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައިގެ ނޯޓިސް ވެސް އަސްލަމާއި ސަލީމަށް ފޮނުވާފައިވަނިކޮށް، މިއަދު އެނގިފައިވާ ގޮތުގައި ސަރުކާރު ކޯލިޝަނުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ނިންމައިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެކަން މިޑިޔާއަށް ކަށަވަރުކޮށްދެއްވައިފައެވެ.

ސަރުކާރު ކޯލިޝަނުން އަސްލަމާއި ސަލީމް ވަކިކުރަން ހުށަހެޅި ނަމަވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ.

ޕީޕީއެމް/ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުންދޭން ނިންމައި ކޮމިޓީން ފުރަތަމަ އެ މައްސަލަ ތަޅުމަށް ފޮނުވުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިލަން އަސްލަމް ނިންމެވީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެކަމަކު، ކުއްލި ގޮތަކަށް އެ މައްސަލަ ނަގަން ނިންމި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ