ޕީއެންސީ ޓިކެޓުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރުމަށް އިދުރީސް ފޯމު ހުށައަޅައިފި

ހަނިމާދޫ ފަހުގެ ސިޔާސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޓިކެޓުގައި ހަނިމާދޫ ދާއިރާ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް އިދުރީސް ޢަބްދުﷲ ފޯމު މިއަދު ހުށައަޅައިފިއެވެ.

އިދުރީސް ކެންޑިޑެންސީ ފޯމް ހުށަހެޅުއްވީ އޭނާއަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކާއި އެކުގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވެ. އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އިޝްތިހާރު
އިޝްތިހާރު

އިދުރީސް މި ޓިކެޓު ކާމިޔާބުކުރީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ ޕްރައިމަރީގައި ވާދަކުރުމަށް އިއުލާންކުރި އަނެއް 2 ކެނޑިޑޭޓުން ނަން ނެގުމާއި ގުޅިގެންނެވެ.

އިދުރީސްގެ އިތުރުން ހަނިމާދޫ ދައިރާއަށް ދެންވާދަ ކުރާނީ އެމްޑީޕީގެ ޓިކެޓުގައި މިހާރުވެސް ހަނިމާދޫ ދާއިރާ މެންބަރު ޢަބުދުލް ގަފޫރު މޫސާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ