ދަތި އުނދަގޫ ހާލަތުގައި އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ ސްކައުޓުން: ނައިބުރައީސް

ޚަބަރު ފަހުގެ

ޤައުމަށް ދިމާވާ އެންމެދަތި އުނދަގޫ ހާލަތުގައިވެސް، އެންމެ ހަރަކާތްތެރި، އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ ދިވެހި ސްކައުޓުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ޤައުމީ ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ސްކައުޓުންނާ، ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނައިބުރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތަކީ، ދިރިއުޅުމުގެ އެންމެހައި ސިފަތަކާއި ކުލަތައް ދަސްކޮށްދޭ މުހިންމު ހަރަކާތެއްކަމަށެވެ. އެކަކު އަނެކަކަށް އެހީތެރިވުމާއި، މުޅި މުޖުތަމަޢަށް، ޚާއްޞަކޮށް، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ ސްކައުޓުންގެ ފަރާތުން ފެނިގެންދާ ނުހަނު ރިވެތި ސިފައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުހިންމު ހަރަކާތަށް 100 އެތައް އަހަރެއް ފާއިތުވެފައިވާއިރު، މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ސްކައުޓްގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 60 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، އަޅުގަނޑުމެން ފަދަ އާބާދީ ކުޑަ، ވަށައިގެން މާކަނޑު އޮތް، ތިމާވެށީގެ ނާޒުކު ޤައުމެއްގައި، ސްކައުޓުން ވަނީ ވަރަށް އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކޮށްދީފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ޤައުމަށް ދިމާވާ އެންމެދަތި އުނދަގޫ ހާލަތުގައިވެސް، އެންމެ ހަރަކާތްތެރި، އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ، ފަޚުރުވެރި ދިވެހި ސްކައުޓުންކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ