ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ފާތިމަތު ދިޔާނާއެވެ. މިއީ އެ އިދާރާގެ ދިގު ތާރީޚުގައި އަންހެނަކު އެމަގާމަށް އައްޔަން ކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި މިއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ އެ އިދާރާގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.

ދިޔާނާ ކަސްޓަމްސްގައި ޚިދުމަތް ކުރައްވާތާ 23 އަހަރުވެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވައެވެ.

ދިޔާނާއާއެކު މިހާރު ކަސްޓަމްސްގައި 3 ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވައެވެ. އެއީ ދިޔާނާގެ އިތުރުން އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ