ހއ.އަމާންވެށީގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހއ.ދިއްދޫގައި ހުންނަ ހއ.އަމާންވެށްޓަށް ގެންދިޔަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ދިއްދޫ ކައުންސިލުން މިއަދު ބުނެފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ބުނީ ދިއްދޫގައި ހުންނަ ހއ.އަމާންވެށްޓަށް ގެންދިޔަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެ ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށާއި، އެ ކުއްޖާ ވަނީ ހއ.އަމާންވެށި/ހއ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓްކޮށްފައިކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޖެންޑަރ މިނިސްޓްރީން ޤާއިމުކުރި ހއ.އަމާންވެށި ހުޅުވާފައިވަނީ މި މަހުގެ 06 ގައެވެ. އެ ތަނަށް ވަނީ 03 ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ބަދަލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ