ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފިއެވެ.

މި އާ އޭޕްރަން ބޭނުން ކުރަން ފެށުން ފާހަގަކޮށްފައިވަނީ، އިއްޔެގެ ހެނދުނު ހަނިމާދޫ އެއާޕޯޓަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓް ޖެއްސުމަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ބުނި ގޮތުގައި، މި އާ އޭޕްރަން ބޭނުންކުރަން ފެށުމާއެކު އެ އެއާޕޯޓުގައި ކުރިން ބޭނުންކުރަމުންއައި އޭޕްރަން މިހާރުވަނީ ބަންދުކޮށްފައެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ 32 އަހަރުގެ ހިދުމަތަށްފަހު، ކުރީގެ އޭޕްރަންއަށް އަލްވަދާއު ކިޔައި، އާ އެޕްރަން މިހާރު ބޭނުންކުރަން ފަށާފައިވާ ކަމުގައެވެ.

އަދި އާރުއޭސީއެލް ބޮޑު އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން، ބްރޭންޑް-ނިއު 38000 އަކަމީޓަރުގެ އޭޕްރަން ސްޕޭސްގެ ސެކްޝަނެއް ހުޅުވުމުގެ މަސައްކަތް އިއުލާނުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމުގައިވެސް ބުނެފައި ވެއެވެ.

އެ އޭޕްރަންއާ ގުޅޭ ގޮތުން އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ، މި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެއް ނޫންކަމުގައެވެ.

އަދި އޭނާ ވިދާޅުވީ އާ އެޕްރަންގެ ބޭނުންކުރަން ފެއްޓީ، މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ފަހިކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

އަލަށް ހުޅުވި އޭޕްރަންގެ ބޮޑުމިނަކީ 38،000 އަކަފޫޓެވެ. އެ އޭޕްރަން މާކެޓު ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައިކަމަށްވާއިރު އެ އޭޕްރަންގައި އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ