މޮސްކު މެނޭޖްމަންޓް ޕޯޓަލް އިފްތިތާހްކޮށްފި

ޚަބަރު ފަހުގެ

މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގެ 6.3 ގައި ބަޔާންކުރައްވާފައިވާ އަދި ހަފްތާ 14 ގައި ނިންމުމަށް ހަމަޖެހިފައިވާ މޮސްކު މެނޭޖްމެންޓު ޕޯޓަލް ޤާއިމުކޮށް އިފްތިތާހްކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު އަބްދުލް ހަކީމްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ޙާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެއާއެކު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަތައް ވަގުތުން ރިޕޯޓުކުރެވިގެންދާނެއެވެ.

މިސްކިތްތަކާ ބެހޭ ގޮތުން ރިޕޯޓުކުރެވޭ އެކިއެކި މައްސަލަތައް ވަގުތުން ހައްލުކުރުމަށް، ކައުންސިލްތަކަށް ބާރު އެޅުމަށްޓަކައި، ކައުންސިލްތަކާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް ޒަރީޢާއިން ހަމަޖެހިގެންދާނެއެވެ.

ކުރިޔަށް އޮތް ރަމަޟާންމަހަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތްކުރުމުގެ އަގު ވަނީ 15 މިލިޔަނަށް އިތުރުކޮށްފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ