ސާއްބަ އެނިވާސަރީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަހުލީ ހޯދައިފިއެވެ.
މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވާ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ރިއަލް ސްޓާސް އަދި ޝީލްޑެވެ.
މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗު އަހުލީ ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ރިއަލް ސްޓާސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރު 10، އަލީ ހުސެއިންއެވެ.
ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ޓްރޮފީ ހަވާލު ކޮށްފައެވެ. މީގެ އިތުރުން މުބާރާތް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

މުބާރާތުގެ ވަނަތައް
- އެންމެ މޮޅު ގޯލް ކީޕަރު : އާދަމް އިބްރާހީމް (ރިއަލް ސްޓާސް)
- އެންމެ މޮޅު ޑިފެންޑަރ : ސިފާން ހަސަން (އަހުލީ)
- އެންމެ މޮޅު މިޑްފީލްޑަރ: އަލީ އާމިރު (ޔޫތު ފްރެންޑްސް)
- އެންމެ މޮޅު ފޯވާޑް: ހުސެއިން ޝަރީފް (އަހުލީ)
- މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ: ޒަމާއު އަމްޖަދު (ރިއަލް ސްޓާސް)
- ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: ހުސެއިން ޝަރީފް (އަހުލީ)
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހުސެއިން ޝަރީފް (އަހުލީ)
- ފެއާޕްލޭ ޓީމް: ޝީލްޑް
- މޮޅު ކޯޗް؛ މުޙައްމަދު ޚަލިދު (އަހުލީ)
- ރަނަރަޕް ޓީމް: ރިއަލް ސްޓާސް


