ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއަށް ކުވެއިތު ފަންޑު ދިން އެހީ ވަނީ އަނބުރާ ކުރީ ސަރުކާރުގައި ގެންގޮސްފައި – ރައީސް

ހަނިމާދޫ ފަހުގެ

ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއަށް ކުވެއިތު ފަންޑު ދިން އެހީ، އަނބުރާ ކުރީ ސަރުކާރުގައި ގެންގޮސްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހަނިމާދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއު ކުރީ ސަރުކާރުން އޮތީ ބަޔަކާއި ހަވާލުކޮށްފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލް އަޅަން އެ ރަށާއިއެކު އިތުރުން ތިން ރަށެއްގައި ސޮއިކޮށްފައި އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައިފައި އޮތް މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ލަސްކުރުމުގެ ނަތީޖާއަކަށްވީ އެހީ ގެއްލުންކަމަށް ވިދާޅުވިއެވެ.

“ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައިދީފައި އޮތީ. މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރައި ގެންދިޔައީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ އިދާރާއެއްގައި ވެސް މާލީ އެހީ ދިނުމުގެ ނިޒާމުތަކެއް އޮންނަ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ ފަރުވާކުޑަކަމުގެ ސަބަބުން އެ ފަންޑު އަނބުރާ ގެންދިޔައީކަމަށް ވިދާޅުވިއެވެ.

“ގެންދިޔައީމާ މި ރަށް ހިމެނޭ ގޮތަށް، އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ،” ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތައް އަލުން ގެނެސް ހިންގޭތޯ މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަނިމާދޫގައި ދޭ އިސްކަމުގެ ތެރޭ ހަަނިމާދޫގައި ހުނަން ޖެހޭ ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަނިމާދޫ ސިއްހީމަރުކަޒު އަޕުގްރޭޑު ކުރަންފަށާ ހޮސްޕިޓަލެއްގެ ފެންވަރަށް ގެންދިއުމަށް ކުރަންޖެހޭ ކަންތައް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. 7ހޮސްޕިޓަލް އަޅަން ކުވެއިތު ސަރުކާރުގެ ހިލޭ އެހީގައި އަޅަން އުޅުނު އެކަމަކު ކުރީސަރުކާރުން ގޭސްގަޑު އަބުރަން އުޅެންހަދައިގެން 1އަހަރު ފާއިތުވިއިރުވެސް މިކަމެއް ނުފެއްޓުނު އެހެންވެ ކުވެއިތު ސަރުކާރުން މި ޕުރޮޖެކްޓްތައް އަބުރާގެންދިޔައީ މިކަމުގެ ޒިންމާ ކުރީގެ ފިނޭންސް މިނިސްޓަރ ނަގަންޖެހޭނެ.