ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާ “ކޭލި” ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ޝަރީއަތްތަކުގައި ދިވެހިބަހުން ދައްކާ ވާހަކަ އޮޓޯއިން ތާނައިން ލިޔެވޭ ސޮފްޓްވެއާ، “ކޭލި” މިއަދު ތައާރަފްކޮށްފި އެވެ.

ކޯޓުތަކުގައި ހިންގާ ޝަރީއަތްތައް ރެކޯޑުކޮށްގެން، އަޑު އަހައިގެން މިހާރު ލިޔަމުން އަޔަސް މި ސޮފްޓްވެއާއާ އެކު ޝަރުއީ ދާއިރާ އަށް މިއައީ އިންގިލާބީ ބަދަލެކެވެ. ޝަރީއަތް ނިމޭއިރު ހުރިހާ ވާހަކަތަކެއް ޑޮކިއުމެންޓް ކުރެވޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއާ “ކޭލި” މިއަދު އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނި ގޮތުގައި ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ، ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާގެ ބޭނުމަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގަން މަގުފަހިކޮށްދިނުމެެވެ.

މި ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާ އެކު، ޝަރިީއަތްތަކުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވެ، ކޯޓުތަކުގައި ހަލުވިކަމާ އެކު ދުވަހުން ދުވަހަށް ބަޔާންތައް ނިމުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ޑީޖޭއޭ ބުންޏެވެ.

ޑީޖޭއޭ އިން ބުނީ މިއީ، މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު ވެސް ކުޑަވެ ހަލުވިކަމާ އެކު މައްސަލަތައް ނިންމުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ