އޮޔާ ދަނިކޮށް ދެމީހުން ހަނިމާދޫ ފުލުހުން ސަލާމަތް ކޮށްފި

ހަނިމާދޫ ފަހުގެ

އޮޔާ ދަނިކޮށް ދެމީހުން ހަނިމާދޫ ފުލުހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ 13:50 ހާއިރު ހދ.ހަނިމާދޫ އެއަރޕޯޓް އަށް މުދާ ހުސްކުރަމުން ދިޔަ ބާޖެއްގައި މަސައްކަތް ކުރަމުން ދިޔަ ދެމީހުން ތޮށިމައްޗަށް ފައިބައިގެން އުޅެނިކޮށް އޮޔާ ދާކަމަށް ރިޕޯޓެއް ލިބުނުކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޔާއިއެކު ހަނިމާދޫ ފުލުހުން ލޯންޗެއްގައި ގޮސް ފަޅު ތެރެއިން އޮޔާ ދިޔަ އެ ދެމީހުން ލޯންޗަށް ނަގައި ސަލާމަތް ކޮށް ރައްކާތެރިކަމާއިއެކު އެދެމީހުން އެއްގަމަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި މިހާދިސާގައި އޮޔާ ދިޔައީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމަށާއި އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ