ރާއްޖެއަށް ހިލޭ އަސްކަރީ އެހީތެރިކަން ދިނުމަށް ޗައިނާ- ރާއްޖެ އެއްބަސް ވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއަށް ހިލޭ އަސްކަރީ އެހީތެރިކަން ދިނުމަށް ޗައިނާ އިން ރާއްޖެއާ އެކު އެއްބަސް ވުމެއް ގާއިމު ކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖެ އަށް ޗައިނާ އިން ހިލޭ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ އޮފީސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނެރަލް ޒާންގް ބައޮކުން އެވެ.

އެއްބަސްވުމުގެ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޑިފެންސް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނީ ޗައިނާއިން ރާއްޖެ އަށް ހިލޭ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށް، ދެގައުމުގެ ގުޅުން ބަދަހިކޮށްފައިވާ ކަމަަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: