ކަނޑުމަތީ ޓެރަރިޒަމް ހުއްޓުވަން ފުލުހުންނަށް ތަމްރީނު ދީފި

ޚަބަރު ފަހުގެ

ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

ދިވެހި ފުލުހުންނާއި ޔޫއެންއޯޑީސީ ގުޅިގެން “ޓްރެއިނިން އޮން ސްޓްރެންތެނިން ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް އެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނަ ވަނީ މިފަދަ ކޯހެއްގެ މުހިންމުކަމާއި، ކޯހުގެ ބައިވެރިންނަށް ކޯހުން ލިބުނު އިލްމާއި ހުނަރުގެ މައްޗަށް އަލިއަޅުއްވައި ކޯހުގައި ދަސްވިކަންކަން އަމަލީ މައިދާނުގައި ބޭނުންހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

މި މަހުގެ 13-15 އަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނުދީފައިވެ އެވެ. އަދި އެފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް ޕްރޮގްރާމުގައި ކިޔަވައިދީފައިވެ އެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ އެކި ބަހާތަކުން 22 މުވައްޒަފަކު ބައިވެރިވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ