މަޖިލިސް އިންތިޚާބުގައި އަލަށް ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

އަންނަ އޭޕްރީލް 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިންތިޚާބު ފަސްކުރުމާއެކު 560 މީހުންނަށް ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އީސީއިން މިއަދު ގެޒެޓު ކުރި އިއުލާނާއެކު ވަނީ މި ލިސްޓު އާންމުކޮށްފައެވެ.

މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިންނެވެ.

މާލޭގައިނަމަ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ