ކޮޅުވެއްޓިއަކުންޖެހި ހަނިމާދޫ މަސްމާރުކޭޓް އިމާރާތަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު ހަނިމާދޫ އެއަރޕޯޓް ޕްރޮޖެކްޓަށް މުދާ އަންލޯޑު ކުރުމުގައި ހަރަކާތް ތެރިވާ ” ލިޔޯ ކުރޯން” ނަމަކަށް ކިޔާ ކޮޅުވެއްޓި ތެޔޮއަޅަން ކައިރި ކުރުމުގެ ތެރޭ މާރުކޭޓް ތަނބެއްގައި ޖެހިގެނެވެ.
މާރުކޭޓް ހުޅަނގު، ދެކުނު ތަނބުގައި ޖެހުމުގެ ސަބަބުން އެތަނބު ވަނީ އަލުން ތަނބެއް އަޅައިގެން ނޫނީ ބޭނުން ނުކުރެވޭވަރަށް ގެލުންވެފައެވެ.