ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ޚަބަރު ފަހުގެ

ކަޅު ބާޒާރުގައި، ބޮޑު އަގުގަ ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅޭ ބިދޭސީންގެ މައްސަލަ އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޮތުން މ. ސްޓާކާލައުންޑްސް އިމާރާތުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާތީ އެ މީހުން ދެނެގަތުމަށްް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 7 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެންނެވެ.

ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައި ވިސާ ނެތި މަސައްކަތް ކުރަމުން އައި ބިދޭސީންތަކަކާއި، ވިސާގެ ބޭރުން އިތުރު ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: