ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރ ހުޅުވައިދެއްވީ މިއަދު އޮތް ހާއްސަ ހަފްލާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ހިދުމަތް ހޯއްދެއްވުމަށް 1417 މި ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދޭނެއެވެ.
އެކި ތެރަޕީގެ ހިދުމަތްތައް ލިބޭ މި ސެންޓަރުން ވަކިވަކިން ކައުންސިލިން އާއި ތެރަޕީތައް ދިނުމުގެ އިތުރު ގުރޫޕް ކައުންސިލިން ސެޝަންތައްވެސް ނަގައިދޭނެ އެވެ.
މި ސެންޓަރުގައި ހިދުމަތް ދެއްވުމަށް މިވަގުތު އުޅުއްވާނީ 2 ސައިކޭޓްރިސްޓުންނާ 1 ކައުންސިލަރު ހަރަކާތްތެރިވާނެއެވެ. މި ސެންޓަރުގައި ފަރުވާދޭ ދެ ކޮޓަރިއާއި 2 ކޮންފަރެންސް ރޫމްވެސް ހިމެނެއެވެ.


