އެޑިއުކޭޝަންގެ ޕީއެސްއަކަށް ޝިފާޒު

ޚަބަރު ފަހުގެ

އެޑިޔުކޭޝަން މިނިސްޓަރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝިފާޒް މުޙައްމަދު ހަމަޖައްސައިފި އެވެ.

އޭނަ އެންމެ ފަހުން ހުންނެވި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. ޝިފާޒަކީ 2009 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާޒް ވަނީ އާޓްސް އެންޑް އެޑިޔުކޭޝަންގެ ދާއިރާއިން 2021 ގައި މާސްޓާސް ހައްދަވައިފަ އެވެ. އޭގެ ފަހުން މެލޭޝިޔާގެ މަލާޔާ ޔުނިވަސިޓީން މާސްޓަސް އޮފް އެޑިޔުކޭޝަން މެނޭޖްމަންޓް ކޯސް ފުރިހަމަ ކުރެއްވި އެވެ.

އެޑިއުކޭޝަންގެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަލީ ވަނީ މިދިޔަ މަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނަ އިސްތިއުފާ ދެއްވީ މައްސަލައެއްގައި ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ