ޕެންޝަން ސްކީމް ވަރުގަދަކޮށް ރައްޔިތުންނަށް ފައިދާވާގޮތް ހަދަން މަސައްކަތް ކުރާނަން – ރައީސް

ޚަބަރު ފަހުގެ

ޕެންޝަން ސްކީމް ވަރުގަދަކޮށް ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާނެގޮތް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ ޕެންޝަނަކީ ވަކި ޤާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗަކަށްވާތީ ސަރުކާރުން އެއަށް ބަދަލު ގެނެވޭނީ އެ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

“އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް. އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަން. އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން،” – ރައީސް

ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް ޕެންޝަން ތެރޭގައި ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ