މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ މީހުންނަށް ހާއްސަ އެޕް ރަސް އައިން ތައާރަފުކޮށްފި އެވެ.
މި އެޕްލިކޭޝަން ތައާރަފް ކޮއްފައިވަނީ ދިވެހި ވައިގެ ހިދުމަތް އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމުގެ ހަފްލާގައިއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ކަނޑުފަޅުތަކުން ނަފާހޯދާ މަސްވެރިންނާއި ކަނޑުދަތުރުކުރާ މީހުންނާއި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް އެހީތެރިވެދޭނެއެވެ.
މި އެޕުގައި ރާއްޖޭގެ މެޕާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ފޮނުވާ މޫސުމީ އިންޒާރުތަކާއި ކަނދުފަތިތައް ހުންނަ ތަންތަނާއި ދިޔަވަރާއި އޮއިވަރާއި ގުޅޭ މައުލޫމާތު ވެސް ހިމެނިފައިވެ އެވެ.
މީގެ އިތުރުން ޑައިވް ސައިޓްތަކަށް ޒިޔާރަތްކުރާ މީހުންނާއި މުދާ އުފުލާ މީހުންނަށް ފަސޭހަކޮށްދިނުމުގެ އިތުރުން މަސްވެރިންނަށް މަސް އައިނު ހޯދަން މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަދި ކަނޑުމަތީގައި އެހީ އަށް ބޭނުންވާ ހަލަތެއްގައި ފޮނުވާ އެސްއޯއެސް މެސެޖުތައް ސަލާމަތީ ބާރުތަކުން ފޮނުވައިދީ އެހީ ހޯދުމަށް ފަސޭހަ ކޮއްދެނެކަމަށް ސަރުކާރުން ބުނެއެވެ.