ބުޅާ ފެސިލިޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ބުޅާތައް ގެންގުޅޭނެ ‘ޕެޓް ކެއަރ ފެސިލިޓީ’ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ ‘ޕެޓް ކެއަރ ފެސިލިޓީ’ ގާއިމުކުރުމުގެ ޕެރޮޖެކްޓަކީ މާލެސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާރއިން ކުރިއަށް ގެންދާ ޕްރެޖެކްޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮޖެކްޓްގެ ދަށުން މި ވަގުތު ފަށާފައިވަނީ ކެޓު ޝެލްޓަރ އެއް ޤާއިމުކުރުމުގެ މަސައްކަތެވެ. އަދި ޕްރޮޖެކްޓް ނިމޭ އިރު އެކި ވައްތަރުގެ ޕެޓު ކެއާރ ފެސިލީޓީ އެއް ޤާއިމު ކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަސައްކަތް ފެއްޓެވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި މަސައްކަތުގެ ދަށުން މިއަދު ފެށިގެންދާނީ ފެންސް މަސައްކަތް ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް 20 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ. އަދި މި އަންނަ ހަފްތާތެރޭގައި އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށައިގަނެވޭތީ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލެ ސަރަހައްދުގައި ގާއިމުކުރެވިގެންދާ ވަގުތީ ޝެލްޓަރ އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.މި މަސައްކަތަށް ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މިއުޅެނީ ދިވެހި ނިކަމެތި މިހާގެ ދަރިފުޅު ބަލާނެ ތަނެއް ނެތިގެން އުޅޭއިރު އަދިވެސް ޖަނަވާރުން ބަލަހައްޓަން ފެސިލިޓީ ތައް ހަދަނީ ތި