އެއާ އެމްބިއުލާންސް ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި

ޚަބަރު ފަހުގެ

އެއަރ އެމްބިއުލާންސްގެ ސީޕްލޭންގެ ހިދުމަތް ފަށާފައިވާއިރު، އެ ސީޕްލޭންގައި ފުރަތަމަ ފަހަރަށް މިއަދު ބަލި މީހަކު މާލެ ގެނެސްފި އެވެ.

އެއާ އެމްބިއުލާންސް” ހިދުމަތްދޭ ގައުމީ އެއާލައިން — މޯލްޑިވިއަން އިން ބުނި ގޮތުގައި ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މިއަދު ވަނީ އުފުލާފައެވެ. އެއީ ކުޑަހުވަދޫ އިން ބަލި މީހަކު މާލެ ގެނައުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސަރުކާރުން ވަނީ ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓް ނެތް ރަށްށުން ވެސް ބަލި މީހުން މާލެ ގެނައުމުގެ ހިދުމަތް ފަށަން ސީޕްލޭންގެ ހިދުމަތް މި މަހުގެ 15 ވަނަ ދުވަހު ފަށާފައެވެ.

މި ހިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ބޯޓު ތައްޔާރު ކޮށްފައި ވަނީ އަވަސް ފަރުވާ ދެވޭނެ އާލާތްތައް އޭގައި ހިމަނައިގެން ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ