ތިލަމާލެ ބުރިޖުގެ މަސައްކަތް ތާވަލަށްވުރެ އަވަސް – މިނިސްޓަރ މުއްތޮލިބު

ޚަބަރު ފަހުގެ

ކުރީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބުރިޖުގެ މަޝްރޫއު މިހާރު ކުރިއަށްދަނީ ތާވަލަށްވުރެ އަވަހަށް ކަމަށާއި އެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ފަހުން އެކުލަވައިލި ތާވަލާ އަޅައިބަލާއިރު 1.11 އިންސައްތަ ކުރީގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ބުރިޖުގެ މަސައްކަތުގެ 35.53 އިންސައްތަ މަސައްކަތް ވަނީ ނިންމައިލެވިފައެވެ. ޝެޑިއުލަށް ބަލާއިރު މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމައިލެވޭނެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ