ކުޅުދުއްފުށީގައި ބަނގުރާ ކެއްކި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ހދ.ކުޅުދުއްފުށީގައި ބަނގުރާ ކެއްކި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރާ ކައްކަން ބޭނުންކުރާ ތަކެތި ހޯދާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކުޅުދުއްފުށީގެ ގެއެއް ބަލައިފާސްކޮށް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނަ ބެލުމުގެ ދަށަށް ގެނެސް އެގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވެ އެވެ. މިކަމާ ގުޅިގެން އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ