ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީ، “ސިގްނަލް” ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު މެންދުރު 13:17 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 14:12 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ