25 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

25 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއް ނުވެގެން ހޯދަމުންދަނީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު ކަމަށެވެ. އަދި އަކްރަމް އަދީލް ސައީދު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޢާއިލާ އާއި ހަވާލާދީ ފުލުހުން ބުނާގޮތުގައި އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިންނެވެ.

އެހެންކަމުން އާއިލާގެ މި ރިޕޯޓާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ. އަދި އަކްރަމް ޢަދީލް ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ