ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނީ އިއްޔެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު ކަމަށެވެ. އެއީ އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ފެނިފައިވާއިރު، އޭނާގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ