ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީއާ ދިމާއަށް!

ޚަބަރު ފަހުގެ

މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް، 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. މިއަދު އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން، މިހާތަނަށް ސަރުކާރު ހިންގާ ކޯލިޝަނަށް ވަނީ 68 ގޮނޑި ކަށަވަރުވެފަ އެވެ.

މީގެ ފަސް އަހަރު ކުރިން މައި އިދިކޮޅު 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ތާއީދު ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އެ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 11 ގޮނޑި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެ އެވެ. އެމްޑީޕީން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއަށް ވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ