ކައުންސިލްތަކުގެ އޮފީސް އިމާރާތް އަޅަން ޗައިނާ އިން އެހީވަނީ

ޚަބަރު ފަހުގެ

ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އެޅުމަށް ސަރުކާރުން ފެށުމަށް ނިންމާފައިވާ ބޮޑު މަޝްރޫއު އަށް ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ކައުންސިލް އިދާރާގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުގެ ދަށުން އެއް ފަހަރާ 50 ރަށެއްގައި އެ ޕްރޮޖެކްޓް ހިންގަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެލްޖީއޭ އިން ކުރިއަށްގެންދިޔަ “ފަނޯއްލަ” ދަރުބާރުގައި ވާހަކަދައްކަމުން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި އަހަރު ތެރޭގައި 50 ކައުންސިލެއްގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޗައިނާ ސަރުކާރުން ދެއްވާނެ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ އެހެން ކައުންސިލްތަކަށް ވެސް ރަނގަޅު ގޮތްތަކެއް ފަހިކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކައުންސިލް އިދާރާ އެޅުމަށް 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ