ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ބަލިކޮށް ފައިނަލުން ޓީމް ހަނިމާދޫ ޖާގަ ހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ބަލިކޮށް ފައިނަލުން ޓީމް ހަނިމާދޫ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗު ޓީމް ހަނިމާދޫއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ހަނިމާދޫ ސެޓްތައް ގެންދިޔައީ (25/21، 25/17، 27/25) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރ 4، ހައްވާ ރާޝިދާއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންނަ އަންގާރަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ނޮޅިވަރަންފަރު ލައިކަންއެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭއިރު ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން 4 ޓީމު އަދި އަންހެން 5 ޓީމު ބައިވެރިވެފައިވެއެވެ. ފިރިހެން ޓީމުތަކަކީ ، ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް،ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

އަންހެން ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ