ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ

ޚަބަރު ފަހުގެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއިން ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެކުންފުނީގެ މާލީ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ފައިދާއެއް އެކުންފުނިން ހޯދާފައި މިވަނީ އިޤްތިޞާދީ މާހައުލު ދަށަށް ދިޔަ ދަނޑިވަޅެއްގައިކަން އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ފާހަގަކުރެއްވިކުރެއެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ ދަށްވިނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައި 493 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލްގެ ސާފު ފައިދާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ދިޔަނަމަވެސް ހިންގުމުގެ ފައިދާ ވަނީ މަތިވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 708 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ.

ފުރަތަމަ ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ބީއެމްއެލްއިން ވަނީ ކުރިއެރުން ހޯދާފައެވެ.

އެގޮތުން ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރުގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ވަނީ ދޫކޮށްފައެވެ. މީގެއިތުރުން ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. މި ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް 46.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ބީއެމްއެމްލްއިން ބުނެއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ބޭންކިންގ ޚިދުމަތް ދެމުންދާ ބީއެމްއެލްގެ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.

މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: