ކޮވިޝީލްޑް ވެކްސިން ޖެހުމުން ލޭ ގަނޑުވާ ކަމަށް އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެ

ޚަބަރު ފަހުގެ ޞިއްހަތު

ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެއެވެ.

އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޝީލްޑްގައި ނޭދެވޭ އެތައް ސައިޑް އިފެކްޓްތަކުގެ ސަބަބުން ގެއްލުންވި ބައެއް މީހުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގައިވެސް ގިނަ އަދަދެއްގެ މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވެއެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހިލޭވެސް ގިނަ ގައުމުތަކަށް ފޯރުކޮށްދީފައިވާއިރު ރާއްޖެއަށްވެސް ވަނީ އެއް ލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ