ބޯޓެއް ފަރަށް އަރައިފި

ޚަބަރު ފަހުގެ

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ރޭ ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބޯޓު ފަރަށް އެރިއިރު އޭގައި 16 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ