ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ މަސައްކަތް ނިންމާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގެ މަސައްކަތް ތާވަލާއި އެއްގޮތައް ފުރިހަމަކޮށް ނިންމާލެވިއްޖެ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

އޭނާ އެކަން ހާމަ ކުރީ ރޭ ރީޖަނަލް އެއަރޕޯޓްސްގެ ފޭސްބުކް ޕޭޖުގައި އާއްމުކުރި ކުރު ވިޑިއޯ އެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

2465 މީޓަރުގެ ދިގު ރަންވޭ ކުރިއަށް ގެންދިޔައީ 3 ފިޔަވަސްސަކަށް ބަހައިލައިގެން ކަމަށާއި، އެގޮތުން ފުރަތަ ފިޔަވަހީގައި 1400 މީޓަރ ބޭނުން ކުރަން ފަށާފައި ވާކަމަށް މުބީން ވިދާޅުވިއެވެ. އަދި އެބައި ބޭނުން ކުރަން ފެށިއިރު ފޭސް 2 އެއްގެ 760 މީޓަރުގެ ބައި ފަހު ލޭޔަރާއި ހަމައަށް ނިންމާފައި ވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފޭސް ތިނެއްގައި ހިމެނޭ ދެފޭސް ދޭތެރެ މެދުގައި އޮންނަބައި 300 މީޓަރު މިހާރު ނިންމާލައި ދެބައި ގުޅުވާލައި އައު ރަންވޭ އެއްކޮށް ނިންމާލައިފައި ވާކަމަށް ވިދާޅުވިއެވެ.

ވީޑިއޯ ނިންމާލަމުން މުބީން ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގުރޭޑިން މަސައްކަތުގައި ޝާމިލްވާ އެންމެނަށް އޭނާގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ