އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ފާސްކޮށްފި

ޚަބަރު ފަހުގެ

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ. ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ވަނީ ރުހުން ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައިގައި އދ. ގެ 9 މެންބަރު ޤައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައެވެ. އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

މި ގަރާރަކީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ގަރާރެކެވެ. ރާއްޖެއިން ކޯ ސްޕޮންސަރކޮށްފައިވާ މި ޤަރާރުގައި ވަނީ ފަލަސްޠީނަކީ އދ. ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ ޤައުމެއްކަމަށާއި އދ. ގެ އެހެން ޤައުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އޮންނަ ކަމަށް ފާހަގަކޮށްފައެވެ.

ފަލަސްޠީނަކީ މިހާރު އދ. ގެ “އޮބްސަރވަރ ސްޓޭޓަސް”ގެ ޤައުމެކެވެ. އަދި އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށްޓަކައި ސަލަމާތީ މަޖިލީހުގައި ނަގާފައިވާ ވޯޓުގައި އެއް ޤައުމަކުން އެކަމާ ދެކޮޅަށް ވޯޓުލާފައިވުމުގެ ސަބަބުން އެކަމާ ހިތާމަފާޅު ކުރާކަމަށް ފާހަކޮށްފައިވެއެވެ. ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްތީން ހެދުމަށް ހުށަހެޅި ގަރާރު އދ. ގެ ސަލާމަތީ މަޖީލިހުން ބޭރުކޮށްލީ އެމެރިކާއަށް ލިބިފައިވާ ވީޓޯގެ ބާރު ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ފުރިހަަމަ މެންބަރަކަށްވުމުން އދ. ގައި ބާއްވާ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްޤު އެ ޤައުމަށް ލިބޭނެއެވެ. އަދި އދ. ގައި ހުށަހަޅާ ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، އަދި ކޯ-ސްޕޮންސަރ ކުރުމުގެ ފުރުޞަތުވެސް އެ ޤައުމަށް ލިބޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ