އިންޑިއާގެ އަސްކަރީ އުޅަނދު ރާއްޖޭގައި ދުއްވޭނީ ހުއްދަ ހޯދައިގެން – ސަރުކާރު

ޚަބަރު ފަހުގެ

އިންޑިއާގެ އަސްކަރީ އުޅަނދު ރާއްޖޭގައި ދުއްވޭނީ ހުއްދަ ހޯދައިގެން ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން މިހާރު ވަނީ ފޮނުވާލާފައެވެ. އަދި އެ މީހުންގެ ބަދަލުގައި މިހާރު ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން ކަން ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިން އިންޑިއާ ސިފައިން ތިބއިރު އެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ދާ ކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްސާން ވިދާޅުވީ، މިލިޓަރީއަކީ ކޮމާންޑް އެންޑް ކޮންޓްރޯލް ވަކި ހައިރާކީއެއް އޮންނަ ސިސްޓަމެއް ކަމަށެވެ. މިލިޓަރީ މީހުން ތަބާވަން ޖެހެނީ ލިލިޓަރީ ކޮމާންޑަރުންނަށް ކަމަށާއި، މަދަނީ މީހުން މިތަނުގައި އޮޕަރޭޓް ކުރަން ތިބުމުން، މި އެސެޓްތަކުގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައި ކަން ކަށަވަރު ކުރެވޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައިރު، 241 ކޮމެޓީން ބެލި މައްސަލަތަކުގެ ތެރޭގައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އެޅި މައްސަލަ ހިމެނޭ ކަމަށެވެ.

“ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޮތީ އަޅާފައި، އެއީ ތިމަރަފުއްޓަށް ލޭންޑް ކުރި އިންސިޑެންޓެއް. މިހާރު އެކަހަލަ އެއްވެސް ގޮތަކަށްވެސް އަޅުގަނޑުމެންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ބޭރުން ދަތުރު ނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ދެންނެވީ،”. ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ހިމެނޭ ގޮތަށް ތިން އުޅަނދު އޮޕަރޭޓް ކުރަމުން ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ