ވެހިކަލެއް ތެރޭ ނިޔާވެފައި އޮތް މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް

ޚަބަރު ފަހުގެ

ހުޅުމާލޭގައި އޮތް ވެހިކަލެއް ތެރޭގައި ނިޔާވެފައި އޮށްވާ ފެނުނު މީހާގެ މަރުގައި ޝައްކުކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ނިޔާވެފައި އޮށްވާ ފެނުނު ބަންގްލަދޭޝް މީހާގެ މަރުގައި ތުހުމަތު ކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެމީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާ މެދު އާއިލާއާ ވާހަކަ ދައްކަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހުޅުމާލޭގައި އޮތް ވެހިކަލެއް ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ