މިދިޔަ ސަރުކާރުން ހޮސްޕިޓަލްތަކުގެ ޑިޒައިން “ޚަރަދަށް ނުބަލާ” ކުރުމުން، ޑިޒައިނަށް ބަދަލު ގެންނަނީ

ޚަބަރު ފަހުގެ

ނިމިދިޔަ ސަރުކާރުން ރަށްރަށުގައި އަޅަން އެވޯޑްކޮށްފައިވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް ޑިޒައިންކޮށްފައި ހުރީ ޚަރަދަށް ނުބަލާ ޚަރަދު ބޮޑުވާ ގޮތަށް ކަމަށާއި އެހެންވެ ޑިޒައިންތަކުގެ ސްޓްރަކްޗާ ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޚަލީލް މިފަދައިން ވިދާޅުވީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް “ފެންސީ” ކޮށް ކަމަށާއި އެހެންކަމުން ސަރުކާރުން އެ ޑިޒައިންތައް ބަދަލު ކުރާނީ ހަރަދު ކުޑަކޮށް ނަމަވެސް ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ލިބޭނެހެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އަގު 185 މިލިއަން ރުފިޔާއިން މަތީގައި ހުރިއިރު 30 އެނދުގެ ހޮސްޕިޓަލްތައް ހުރީ 90 މިލިއަނާއި 130 މިލިއަން ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ޑިޒައިނަށް ގެންނަ ބަދަލަކާ އެކު އަގުތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނަކަމަށާއި އެހެންވެ، ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް އަދި އާންމުން ބޭނުންވާ ހިދުމަތްތަތަކަށް ފެތޭ ގޮތަށް މި ސަރުކާރުން އާ ހޮސްޕިޓަލްތަކުގެ ޑިޒައިން ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދ އިމާރާތް ހެދުމަށް ދާ ހަރަދު ކުޑަކުރުމަށް ފަހު ގިނަ ރަށްރަށުގައި ރައްޔިތުން ބޭނުންވާ އިންފްރަސްޓްރަކްޗާގެ ގިނަ މަސައްކަތް ގެންދެވޭނެކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ކުރިން ޑިޒައިން ކޮށްފައި ހުރިއިރު ހޮސްޕިޓަލް ނޫނީ ހެލްތު ސެންޓަރުގައި އެކޮމޮޑޭޝަން ލާފައި އެބަހުރިކަމަށާއި ނަމަވެސް އެކޮމޮޑޭޝަން އުނިކޮށް ރައްޔިތަކަށް އެ ފައިސާ ލިބުން އެއީ މާ ފައިދާ ވާނެ ގޮތެކެވެ.

އަދި އެކޮމޮޑޭޝަން ބައިތައް އުނިކުރި ނަމަވެސް ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ސަރަހައްދުތަކުގައި ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އެކޮމޮޑޭޝަން ހަދާނެ ކަމަށް މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ