ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤުނުކުރައްވައި، އަނބުރާ މަޖިލީހަށް

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިފިއެވެ.

މި ބިލަކީ 29 އޭޕްރީލް 2024 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، 2 މޭ 2024 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިސްލާހަކީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތި ހަވާލުކުރަން ޖެހޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ