ހިޔާ ފްލެޓަށް ކުލި ދައްކަންޖެހޭ ތާރީހު ފަސްކޮށްދޭން މުއިއްޒު ގޮވާލައިފި

ޚަބަރު ފަހުގެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ކުލި ދައްކަންޖެހޭ ތާރީހު ފަސްކޮށްދޭން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފި އެވެ.

ކުލި ނެގުން ފަސްކޮށްދިން މުއްދަތު މިދިޔަ މަހުގެ ނިިޔަލަށް ވަނީ ހަމަވެފަ އެވެ. އެހެންވެ ދެން މި މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަމުންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ. ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500ރ. އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ އެންމެ ބޮޑަށް ހަރަދު ބޮޑުވާ މި މަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.

“މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް ގޮވާލަން،” މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތައް ލިބުނު މީހުން އެތަންތަނަށް ބަދަލުވީ އަމިއްލަ އަށް ފިނިސިން މަސައްކަތްތައްކޮށްގެންނެވެ. އެހެންވެ ކުލި ނެގުން ފަސްކޮށް ދިނީ ފްލެޓްވެރިން އަމިއްލަ އަށް ބޮޑު ހޭދައެއްކޮށްގެން ފިނިސިން މަސައްކަތްތައް ކުރަން ޖެހުމާ ގުޅިގެން، ކުލި ނެގުން ފަސްކޮށްދޭން ޑިމާންޑްކުރުމުންނެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް، ކުލި ނުނަގާ ގޮތަށް ގްރޭސް ޕީރިއަޑެއް ދޭށެވެ. އެ މުއްދަތު ހަމަވި އިރު ގިނަ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިމޭތީ، ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް އެދުމުން އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް އިތުރުކޮށްދިނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ