މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް

ޚަބަރު ފަހުގެ

މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ހިސާބަށެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 02:00 އާ ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. މި ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށަށް އަންނަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ