އެންއެޗްގޭމުން ށ. އަތޮޅުގައި ގެސްޓްހައުސްއާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި

ޚަބަރު ފަހުގެ

ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން ށ.ފުނަދޫގައި ގެސްޓު ހައުސް ވިޔަފާރިއާ ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕުގައި އެ އަތޮޅު 14 ރަށަކުން ބައިވެރިވެފައިވާއިރު ގެސްޓު ހައުސް އަޅާނެ ގޮތާއި ގެސްޓު ހައުސް އަޅައިގެން ހިންގާނެ ގޮތް އަދި މާކެޓް ކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ ބުދަ ދުވަހާއި އިއްޔެ ކުރިއަށް ދިޔަ މި ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ވެސް ދީފައެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ރާއްޖެ އަށް އާމްދަނީ ހޯދައިދޭ އެންމެ މުހިންމު އެއް ދާއިރާއަކީ ވެސް ލޯކަލް ޓޫރިޒަމެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އެންއެޗްގޭމްގެ ފުރަތަމަ ފޮތް ވަނީ ލޯންޗުކޮށްފައެވެ. ޖަރުމަނުގެ ބާލިންގައި ބޭއްވި އައިޓީބީ ފެއާގައި ލޯންޗު ކުރި މި މެގަޒިންއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ކުރިއަށް ގެންދާ އެކިއެކި ޓްރެވަލް ފެއާތަކުގައި ހިލޭ ބެހުމަށް ހަމަޖެހިފައިވާ މެގަޒިނެކެވެ. އެންއެޗްގޭމްގެ އޮފީހެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ މާލޭގައި ހުޅުވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 837 ގެސްޓްހައުސް ހިންގައެވެ. އެއީ 14،097 އެނދެވެ. ރާއްޖޭގައި 15 ހޮޓަލެއް ހިންގާއިރު އެއީ 2،016 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި، މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ