މުދަލުޒަކާތުގެ ނިޞާބު އިތުރުކޮށްފި

ފަހުގެ ދީން

މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި އެންމެފަހުން މިއަހަރުގެ ޖެނުއަރީމަހު ކަނޑައަޅާފައިވަނީ 7،140 ރުފިޔާއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފައިވަނީ، މުދަލުޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން އަމަލުކުރަމުންގެންދާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 9،353.40 ރުފިޔާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު މިލްކީއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެފައިސާ ހުންނަތާ ހިޖުރީގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާއެއްގޮތަށް އޭގެ 40 ބައިކުޅަ އެއްބައި، ނުވަތަ 2.5 އިންސައްތަ ނެރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެ އަގު ކަނޑައެޅުމުގައި ޒަކާތު ހައުސްއިން ބަލަނީ މަރުކަޒީ ބޭންކުގެ ރައުޔުއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ