އެމްއެމްޕީއާރުސީގެ ހިންގުން ޑީއެމްޑީ ބައްސާމްއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެމްއެމްޕީއާރުސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމްއާ ހަވާލުކޮށްފައިމިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީޤު އެމަގާމުން ބުދަ ދުވަހު ވަކިކުރުމަށްފަހުއެވެ. ފާތުމަތު ތައުފީގު އެމަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއްނުވެއެވެ. އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ފާތިމަތު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ފާތުމަތު ތައުފީގު އެމަގާމުން ވަކިކުރުމުގެ ކުރިން އެމްއެމްޕީއާރްސީގެ ޗެއަރޕާސަންކަމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމާ ގުޅޭގޮތުން ޕީސީބީން ބުނީ، ނޫރައިންގެ އިސްތިއުފާގެ ސިޓީ 21 މެއި ގައި ލިބިފައިވާ ކަމަށެވެ. އެ ކޯޕަރޭޝަންގެ ބޯޑު މެންބަރު ރާފިލް މުހައްމަދު ވެސް ވަނީ ބުދަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ