ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ޚަބަރު ފަހުގެ

ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ފަށައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވުމުން ފުރަތަމަ ތިން ދުވަހު ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން ތިން ގަޑިއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

96،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާ 42،700 ފިރިހެން ދަރިވަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ 217 ސްކޫލެއްގައި 83،000 ދަރިވަރުން ތައުލީމު ހާސިލުކުރާނެ ކަމަށާއި އޭގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށެވެ.

މީގެއިތުރުން ދިރާސީ އާ އަހަރަށް އަތޮޅުތަކުން 1،126 ދަރިވަރުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ވައްދާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސަރުކާރު ސްކޫލުތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރާނެ ކަމަށާއި އެއީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ