ކުރިއަށްދަނީ ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް

ޚަބަރު ފަހުގެ

މިހާރު ކުރިއަށްދަނީ ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ތައުލީމީ ދާއިރާއާ އަލަށް ގުޅިފައިވަނީ އެންމެ 41 ދިވެހި ޓީޗަރުން ކަމަށެވެ. މިއީ ވަރަށް މަދު އަދަދެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ޓީޗަރުން ސްކޫލުތަކުގައި ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ ވެސް މިދާއިރަށް އޮތް ޝައުގުވެރިކަން ކުޑަވާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

 

މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމު އެތުރިފައިވަނީ، ޓީޗަރުންގެ ވަރަށް ގިނަ ވަގުތު ޤުރުބާންވާ ގޮތަށް ކަމަށާއި އަދި ނިޒާމު މިހާރު އޮތީ ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމެއް ނެތި ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތްކަމަށްވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗަރުން ސޯޝަލް މީޑިއާގައި ފާޅުކުރާ އުދާސްތައް ޤަބޫލުކުރެވޭ ކަމަށާއި އެ ކަންބޮޑުންތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

 

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު ސަރުކާރު ސްކޫލުތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އެއީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ